
-
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްގެ މަޤާމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.
އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު ޒަމީރު އަައްޔަނުކުރައްވާފައި މިވަނީ ކެބިނެޓްގައި އެކުލެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ކެބިނެޓަށް ބޮޑެތި ބަދަލުތައް ގެންނަވައި ކެބިނެޓް މިނިސްޓަރުންގެ އަދަދު 15 އަށް މަދުކޮށް، ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ.
ގުޅުންހުރި

އެލްޖީއޭގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފިނަމަ ބޮޑު ގެއްލުމެއް ވާނެ, ގެއްލުން ކުޑަކުރަން ލޯނެއް ނެގުމަށް މަސައްކަތް އެބަކުރެވޭ - ޒަމީރު

ދަރަނި ދައްކަން ބޭނުންކުރަން 566 މިލިއަން ޑޮލަރު އެބަހުރި - ޒަމީރު




