
ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފިނަމަ ބޮޑު ގެއްލުމެއް ވާނެ, ގެއްލުން ކުޑަކުރަން ލޯނެއް ނެގުމަށް މަސައްކަތް އެބަކުރެވޭ - ޒަމީރު
# މޫސާ ޒަމީރު-
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފި އެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ހަމަލާދޭން ފެށުމާއި ގުޅިގެން އިރާނުންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް މުޅި މެދުއިރުމައްޗަށް ދޭން ފަށާފައި އެވެ. އެގޮތުން އެމެރިކާގެ ބޭސްތައް ހުރި ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ގަލްފުގެ ޔޫއޭއީއާއި، އޮމާން، ގަތަރު ފަދަ ބޮޑެތި ގައުމުތަކަށް އަމާޒުވަމުންދާއިރު މި ހަމަލާތަކުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސޯދަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ވަކީން ޚާއްސަކޮށް ރާއްޖޭއަކީ ތެލުގެ އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމެއް ކަމުންނާއި މެދުއިރުމައްޗަކީ ރާއްޖެއަށް ފަތުރުވެރިން ގެންނަ މައި އެއް ދޮރާށި ކަމުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް މިހާރުވެސް ލިބެމުންދާ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ހިއްސާކުރުމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑުވެފައިވާ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު މަދުވަމުންދާ ކަމަށެވެ.
އެގޮތުން ހަނގުރާމައިގެ ކުރީން ރާއްޖެއަށް ދުވާލަކު 60 ފްލައިޓް އައި ނަމަވެސް ހަނގުރާމައާ ގުޅިގެން 19-20 ފްލެޓް ކޮންމެ ދުވަހަކު ކެންސަލް ވަމުންދާ ކަމަށާއި މިއީ މެދުއިރުމަތީގެ ޤައުމުތަކުން އަންނަން ހަމަޖެހިފައިވާ ފްލައިޓްތައް ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ ރާއްޖެއަސް ބޮޑު ގެއްލުމެއް ވާނެ އެވެ. އެގޮތުން ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ޒަމީރު އަންދާޒާކުރެއްވި އެވެ.
މިއާއިއެކު އެ ގެއްލުމުން އަރައިގަތުމަށް 100 މިިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކާމިޔާބުވެފައިވާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ލޯނު ނެގުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯއްދެވުމަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
އަދި ވަޒީރު ވަނީ ރާާއްޖެއަށް ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ގުޅުންހުރި

ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފިނަމަ ބޮޑު ގެއްލުމެއް ވާނެ, ގެއްލުން ކުޑަކުރަން ލޯނެއް ނެގުމަށް މަސައްކަތް އެބަކުރެވޭ - ޒަމީރު

ދަރަނި ދައްކަން ބޭނުންކުރަން 566 މިލިއަން ޑޮލަރު އެބަހުރި - ޒަމީރު

އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރަން

.gif&w=3840&q=75)



