
-
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ދީނީ އިލްމުވެރިޔާ މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ.

ދިވެހި މުޖުތަމައަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައާއި ޢިލްމު ފެތުރުއްވުމުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިޚް އިސްމާޢީލު މުޙައްމަދު އަވަހާރަވީއިރު އުމުރުފުޅަކީ 85 އަހަރެވެ.
މަރުހޫމްގެ ހަށިކޮޅުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު، މާލޭ އިސްލާމީ މަރުކަޒުގައެވެ. މި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދައުލަތުގެ އެކި ފަންތީގެ އިސްވެރިންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މަރުހޫމްގެ އާއިލާގެ ބޭފުޅުންނާއި، އޭނާގެ ޢިލްމީ ޚިދުމަތްތަކަށް އިޙްތިރާމްކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ މި ކަށުނަމާދުގެ ޖަމާޢަތުގައި ބައިވެރިވެފައެވެ.
ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ދިވެހިންގެ މެދުގައި ނުހަނު މަޤްބޫލު، ދީނީ ކަންކަމުގައި ފަސްޖެހުމެއްނެތި ބަސްބުނުއްވި ބޮޑު ޢިލްމުވެރިއެކެވެ. އޭނާގެ ދަރިވަރުންނާއި އާއިލާގެ ބޭފުޅުން ފާހަގަކުރާ ގޮތުގައި، ޝައިޚަކީ އަބަދުވެސް މީހުންނާ ގުޅޭ، ހިތްހެޔޮ އަދި ދީނުގެ ކަންކަމަށް މީހުން އަހުލުވެރިކުރުވުމަށް ނުހަނު ޝައުޤުވެރިކަން ބެހެއްޓެވި ބޭފުޅެކެވެ.
ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ.
ކަށުނަމާދަށްފަހު މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.
ގުޅުންހުރި

ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ ބާއްވައިފި

ވެޓް މާރުކޭޓަށް ފައިސާއާއި ކޮންޓްރެކްޓަރު ހަމަޖެހިފައި އޮންނަތާ 4 މަސް ވެއްޖެ، ސިޓީ ކައުންސިލުން ދަނީ ބިން ނުދީ މަޝްރޫޢަށް ހުރަސްއަޅަމުން - ރައީސް

ޝައިޚް އިސްމާއިލް މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ




