
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު- ފޮޓޯ: ރައީސް
ފަޟީލަތުއްޝައިޚް އިސްމާޢީލު މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޯޅި ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުހައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހްސާސް ކުރުވި ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ އިސްމާޢީލް މުހައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމާއި، އޭރާއި މިހާރުވެސް ގައުމަށް މަތިވެރި އެތައް ހިދުމަތެއް އިސް ސަފުގައި ކުރައްވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވި އެވެ.
"ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްވެސްމެ.ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ދަންނަވާ ކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާތޯ ރައީސް ދުޢާ ކުރެއްވި އެވެ.
ގުޅުންހުރި

ޝައިޚް އިސްމާއިލް މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތިން ވަނަ ބެޗު 352 ބައިވެރިންނާއިއެކު ފަށައިފި

މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް އެބަކުރެވޭ - ރައީސް




