
-
ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ޕޮލިސް ސްޓާފް ކޮލެޖުގެ ރެކްޓަރ ކާޒީ މުޙައްމަދު ފަޒްލުލް ކަރީމްއާ އެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވައިފިއެވެ.

ބަންގްލަދޭޝްގެ ޕޮލިސް ސްޓާފް ކޮލެޖުގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ފުލުހުންގެ މުއައްސަސާތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަަދަހިކުރުމަށާއި، ތައުލީމީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތުތައް ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ޕޮލިސް ސްޓާފް ކޮލެޖާއި، ދިވެހިރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އާ ދެމެދު ގުޅުން ޤާއިމުކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ދާއިރާއިން ބޭނުންވާ ޕްރޮފެޝަނަލް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްޞަ އިސްނެގުންތަކެއް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އިސް ސަފުގައި މަސައްކަތްކުރާ އޮފިސަރުންނަށް ބޭނުންވާ ލީޑަރޝިޕް އެޑިއުކޭޝަން ނުވަތަ ހިންގުމުގެ ދާއިރާގެ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އަދި ކުށްތައް ހުއްޓުވުމާއި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ހުރި ތަޖުރިބާތަކާއި ފަންނީ މައުލޫމާތުތައް ދެފަރާތުގެ ދެމެދުގައި ހިއްސާކޮށް، ދިރާސާ ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ހައިކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ވަނީ ބަންގްލަދޭޝްގެ ޕޮލިސް ސްޓާފް ކޮލެޖުގެ އެކި ބައިތަކަށް ޒިޔާރަތްކުރައްވައި، އެތަނުގެ ކްލާސްރޫމްތަކާއި ޒަމާނީ ތަމްރީނުތައް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި އެ ކޮލެޖުގައި މިހާރު ތަމްރީނު ފުރިހަމަކުރަމުންދާ އެކި ރޭންކުތަކުގެ އޮފިސަރުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ތަމްރީނުގެ ތަޖުރިބާތަކާ ގުޅޭގޮތުން ހައިކޮމިޝަނަރު ވަނީ، ޚިޔާލު ބަދަލުކުރައްވާފައެވެ.
ގުޅުންހުރި

ބަންގްލަދޭޝްއާއި ރާއްޖެގެ ފުލުހުންގެ ގުޅުން ބަދަހިކުރުން މަޝްވަރާކޮށްފި

ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ބަންގްލަދޭޝް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބީއެންޕީއިން ހޯދި ކާމިޔާބީ އަށް ރައީސް މަރުހަބާ ދަންނަވައިފި




