logoEN
PNC TOP 3
ބަންގްލަދޭޝަންގައި ރާއްޖޭގެ މިނިވަން ދުވަސްފާހަގަކުރީ ކުލަގަދަކޮށް!

ބަންގްލަދޭޝަންގައި ރާއްޖޭގެ މިނިވަން ދުވަސްފާހަގަކުރީ ކުލަގަދަކޮށް!

އަހުމަދު ޝުރާއު

logo

8/1/2025, 4:07:16 PM

# ބަންގްލަދޭޝް - ރާއްޖެ

-

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެގައުމުގެ ވެރިރަށް ޑާކާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

Wamco

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ މިނިސްޓްރީ އޮފް ލޯ، ޖަސްޓިސް އެންޑް ޕާލަމެންޓްރީ އެފެއާޒް އަދި މިނިސްޓްރީ އޮފް އެކްސްޕެޓްރިއޭޓް ވެލްފެއަރ އެންޑް އޯވަސީސް އެމްޕްލޯއިމަންޓްގެ އެޑްވައިޒަރ ޑޮކްޓަރ އާސިފް ނަޒްރުލް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޝިއުނީން ރަޝީދު ގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހަކީ ރާއްޖޭގެ ތާރިހުގައި ފާހަގަކުރެވޭ މުހިންމު ދުވަހެއްކަމާއި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވައި، ރާއްޖޭގެ މިނިވަން ދުވަހަކީ ސުލްހައާއި ޑިޕްލޮމަސީގެ ފުރިހަމަ ރަމްޒެއްކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑޮކްޓަރ އާސިފް ނަޒްރުލް ދެއްކެވި ވާހަކަފުޅުގައި، މި މުހިންމު މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތްއެކުވެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދެގައުމުގެ ސަގާފީ އެއްބައިވަންތަކަމާއި ރާއްޖޭގެ ޓުއަރިޒަމް ރަމްޒުކޮށްދޭ ރާއްޖެއާއި ބަންގްލަދޭޝްގެ ފަންނާނުން ހިމެނޭ ގޮތަށް ހަނދާނީ ލަވައެއްވަނީ ލޯންޗްކޮށްފައެވެ. ރާއްޖޭގެ ލަވަކިޔުންތެރިއެއްކަމަށްވާ މުހައްމަދު މައިސާން މުމްތާޒް (ބޮކިޓޯސް) އަދި ބަންގްލްދޭޝްގެ ލަވަކިޔުންތެރިއެއްކަމަށްވާ މެހްރީން މަހްމޫދު ކިޔާފައިވާ މިލަވައަކީ ރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހައިކޮމިޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ ލަވައެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC