logoEN
WAMCO TOP 1
އަލިފާނުގެ ބޮޑު ހާދިސާގައ ފީއަލީ އައިސްޕްލާންޓަށް ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

އަލިފާނުގެ ބޮޑު ހާދިސާގައ ފީއަލީ އައިސްޕްލާންޓަށް ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/18/2026, 9:46:33 AM

# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ

-

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ފ. ފީއަލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، އެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަސްލަމާ އެކު މަޝްވަރާ ބައްދަލުކުރެއްވުމެއް ބާއްވައިފިއެވެ.

THE TRAVELLER AD

މަސްވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމަކީ ފީއަލީގެ މަސްވެރިކަމާ ގުޅުންހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި، ރަށުގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި، ފީއަލީ ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގައި ދާދިފަހުން ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރަށުގެ މަސްވެރިންނަށް އެންމެ މުހިންމު ޚިދުމަތް ފޯރުކޮށްދޭ އައިސްޕްލާންޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ތަފްސީލު ވަޒީރާ ހިއްސާކުރައްވާފައެވެ. ކައުންސިލުން ވަނީ އައިސްޕްލާންޓަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށާއި، އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވަޒީރުގެ ކިބައިން އެދިވަޑައިގެންފައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން، ފީއަލީ ސަރަހައްދުގައި ސްޕޯޓްސް ފިޝިންގ ކުރިއެރުވުމަށް ޚާއްޞަކޮށްގެން އެ ރަށާ ކައިރީގައި ވަދުކަނދުފައްޗެއް އެޅުމާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މިއީ ރަށުގެ ފަތުރުވެރިކަމަށާއި ޒުވާނުންނަށް ލިބިގެންދާނެ ބޮޑު ފުރުސަތެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވަނީ ރަށުގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މިހާރު ހުރި އައު ފުރުޞަތުތަކާ ގުޅޭގޮތުން ކައުންސިލާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ވަޒީރު އަޙްމަދު ޝިޔާމް ވަނީ ފީއަލީ ކައުންސިލުން ހުށަހެޅި ކަންކަމަށް ވަރަށް ބޮޑަށް އިޖާބަދެއްވައި، އަލިފާނުގެ ހާދިސާގައި ގެއްލުންވި އައިސްޕްލާންޓުގެ މައްސަލައަށް ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC