
ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ފުޅާ މަޝްވަރާތަކެއް!
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
ވަޒީރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްއާއި ބައްދަލުކުރައްވައިފިއެވެ.

މަސްވެރިކަމާއިބެހޭ ވުޒާރަގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން ށ. ފުނަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލްވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ރަށުގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެއިތުރުން ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުންހުރި

"އެންމެން މޫދަށް" މުޅި ރާއްޖޭގައި!

އަލިފާނުގެ ބޮޑު ހާދިސާގައި ފީއަލީ އައިސްޕްލާންޓަށް ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިއަހަރުވެސް ހުޅުމާލޭގައި 'އޯޝަން ފެސްޓިވަލް' ބާއްވަނީ!




