
ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
# އައްޑޫ ސިޓީ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމިކް މިނިސްޓްރީ"ގަން މިސްކިތް ކޮމްޕްލެކްސް" ގެ ބިންގާ އެޅުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބިނާ ކުރާ " ގަން މިސްކިތް ކޮމްޕްލެކްސް" ގެ ބިންގާ އަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ބިންގާ އެޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ޞާލިހެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާ ފަރާތްތަކުންވަނީ ބައިވެރިވެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 2 ފަންގިފިލާއަށް ބިނާކުރާ ކޮމްޕެލްކްސްއެއް ކަމަށެވެ. އަދި އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭއިރު، މަލްޓި ޕާޕަސް ހޯލަކާއި ލައިބްރަރީއެއްވެސް މިތަނުގައި ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިސްކިތް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ މަޝްރޫޢެއް ފަށާފައިވާއިރު، އެމަނިކުފާނުގެ އެހީގައި އައްޑޫ ހުޅުދޫގައިވެސް ވަނީ މިސްކިތެއް ބިނާކޮށްފަ އެވެ. މިއީ މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތީގައި މާތް ﷲ އަށްޓަކައި ވަޤްފުކޮށް ބިނާކޮށްދެއްވި މިސްކިތެކެވެ.
ގުޅުންހުރި

ވަޤުފާއި ޞަދަޤާތުގެ ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ

”ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން “ މި މަހު 14 އަދި 15 ގައި ބާއްވަން ނިންމައިފި




