logoEN
WAMCO TOP 1
ވ.އަތޮޅުގައި ހިންގި ޑައިވިންގް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ރައީސް ވަޒަންކުރައްވައިފި

ވ.އަތޮޅުގައި ހިންގި ޑައިވިންގް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ރައީސް ވަޒަންކުރައްވައިފި

# ފުލުހުން# އެމްއެންޑީއެފް# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ# ވ.އަތޮޅު# މިނިސްޓަރ އަލީ އިހްސާން

ވ. އަތޮޅުގައި ހިންގި ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު- ފޮޓޯ: ފުލުހުން

ވ. އަތޮޅުގައި ހިންގި ޑައިވިންގް އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފި އެވެ.

THE TRAVELLER AD

މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބަންޑާރަކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ފުލުހުން ބުނީ މި ރަސްމިއްޔާތުގައި ރައީސްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އާއި މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދު އެވެ.

undefinedވ. އަތޮޅުގައި ހިންގި ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުން- ފޮޓޯ: ފުލުހުން

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެޑައިގަންނަވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށް ރައީސްގެ ފަރާތުން އެ ފަރާތްތަކަށް ހަދާނީ ލިޔުން ހަވާލުކުރެއްވި އެވެ.

ކޮމެންޓް
ފަހުގެ
HDC