ގަވައިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
# މޯލްޑިވްސް އިމިގްރޭޝަން# ބިދޭސީންގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ބަލައިފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ބަލައިފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)" ގެ ދަށުން ހިންގުނު މޮނިޓަރިންގ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނުގައި 43 ބިދޭސީން ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ދަނީ މުވައްސަސާތަކާ ގުޅިގެން އެކި އޮޕަރޭޝަންތައް ހިނގަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ގުޅުންހުރި
ގަވައިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ސާބިތުވެއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ކެފޭ/ޓޭކްއަވޭތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް، އެއް ބިދޭސީއަކު ހައްޔަރަށް!




