logoEN
WAMCO TOP 1
ބިދޭސީން  ގަވާއިދާ ހިލާފަށް ހިންގާ ކެފޭ/ޓޭކްއަވޭތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް، އެއް ބިދޭސީއަކު ހައްޔަރަށް!

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ކެފޭ/ޓޭކްއަވޭތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް، އެއް ބިދޭސީއަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

6/7/2026, 9:09:40 AM

# ބިދޭސީން

-

މާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

THE TRAVELLER AD

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)ގެ ދަށުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގާ ކެފޭ/ޓޭކްއަވޭތަކަށް އަމާޒުކޮށްގެން ޓާސްކްފޯހުން ރެއިޑް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން 4 ތަނެއް ބަލާފާސްކޮށް 6 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށާއި މީގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅުނު އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާކަން ވަނީ ހާމަކޮށްފައި އެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC