logoEN
WAMCO TOP 1
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ސާބިތުވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ސާބިތުވެއްޖެ

އަހުމަދު ޝުރާއު

logo

6/9/2026, 12:54:16 PM

# މޯލްޑިވްސް އިމިގްރޭޝަން

-

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ވަނީ ކަނޑައަޅާފައެވެ.

THE TRAVELLER AD

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، ކޯޓުގައި މިހާރު ކުރިއަށްދަނީ އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާއެވެ.

ޝަމްއާންގެ މައްޗަށް ކަނޑައަޅާނެ އަދަބެއް މައްސަލަ ބައްލަވާ ގާޒީ ނިންމަވާނީ ދެ ފަރާތުން ދައްކާ ވާހަކަތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ، މީގެކުރިން ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލަށް ބަލައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ދެވޭ އެންމެ ބޮޑު އަދަބު ޝަމްއާންއަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން ފޭރުމުގެ ދައުވާގެ އަސާސީ އަދަބެއްގެ ގޮތުގައި އޮންނަ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމް އަށް އަހަރަށް ބޮޑުކޮށްދިނުމަށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އަސާސީ އަދަބު ދެ އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކޮށްދިނުމަށް ދައުލަތުން އެދުނެވެ.

އަދި މަނީ ލޯންޑްރިންގގެ ދައުވާއަށް ފަނަރަ އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ޝަމްއާންގެ ގެއިން ފެނުނު އެއްލައްކަ ފަންސަވީސް ހާސް ރުފިޔާއާއި ދިހަ ހާސް އެމެރިކާ ޑޮލަރު ދައުލަތަށް ނަގައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ. ނަމަވެސް ޝަމްއާންގެ ފަރާތުން އެދިފައިވަނީ ގާނޫނުންދޭ އެންމެ ލުއި އަދަބެއް ކަނޑައަޅައި، ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބެއް ދިނުމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުން ހުށަހެޅި ހެކިތަކުން ބިދޭސީއެއްގެ އަތުން ފޭރިގަތް ކަމާއި އެ ފޭރުމުގައި ޝަމްއާން އަމަލީގޮތުން ބައިވެރިވެފައިވާކަން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށް، އެ ބިދޭސީ މީހާ އަތުލައިގަނެ އަދި އޭނާ ދޫކޮށްލުމުގައި ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް އަމަލުކޮށްފައިވާކަންވެސް ސާބިތުވެއެވެ. މީގެއިތުރުން، އެ ބިދޭސީ މީހާގެ އަތުން ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ޝަމްއާން ބަލައިގަނެ އޭނާގެ އަތުގައި ބަހައްޓާފައިވާ ކަމާއި، އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ބޭނުންކޮށްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ހެކިތަކުން ސާބިތުވާ ކަމަށްވެސް ކޯޓުގެ ހުކުމުގައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC