logoEN
WAMCO TOP 1
ރާއްޖެއާއި އަޒަރުބައިޖާންގެ ސިޔާސީ ގުޅުމަށް 20 އަހަރު ފުރުމުން، ޚާރިޖީ ވަޒީރު އިރުތިޝާމް ތަހުނިޔާ ފޮނުއްވައިފި

ރާއްޖެއާއި އަޒަރުބައިޖާންގެ ސިޔާސީ ގުޅުމަށް 20 އަހަރު ފުރުމުން، ޚާރިޖީ ވަޒީރު އިރުތިޝާމް ތަހުނިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

6/16/2026, 11:19:09 AM

# ފޮރިން މިނިސްޓްރީ

-

ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޖޭހުން ބޭރަމޮފް އަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

THE TRAVELLER AD

އެ ކަމަނާގެ މި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނު މި އުފާވެރި މުނާސަބަތުގައި އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރަށާއި ސަރުކާރާއި އަދި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައިވެއެވެ.

ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު އޮންނަ ގާތް ގުޅުމަށް ވަޒީރުގެ ސިޓީފުޅުގައި އަލި އަޅުއްވާލައްވައި، ފާއިތުވި އަހަރު ތަކުގައި ދެ ޤައުމަށް ވެސް ފައިދާ އާއި ލާބަ ހުރި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މަތީ ފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި އިތުރަށް ފުޅާކުރެވުނު އިޤްތިސާދީ ގުޅުންތަކާއި ކުރިއަރަމުން އަންނަ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުމުގެ ސަބަބުން ދޭދޭ ގުޅުމަށް ލިބިފައިވާ ޚާއްޞަ ކުރިއެރުމަކީ އެހެނިހެން ގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި އެ ކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމައެއާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ދެ ޤައުމަށްވެސް ފައިދާ ކުރުވަނިވި ކަންތައްތަކުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމަށް ވެސް ވަޱީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC