
ނެދަލެންޑްސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
# ފޮރިން މިނިސްޓްރީ-
ނެދަލެންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވީބީ ޔާކޮބް ޑެ ބޯ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ސަފީރު ވީބީ ޔާކޮބް ޑެ ބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އެރުވުމާ ގުޅިގެން، ސަފީރަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާ ވިދާޅުވެފައެވެ. ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމީ ރަސްމިއްޔާތު މިއަދު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް އަދި ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތައް ކަމަށްވާ ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމާއި، ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން އިޤްތިސާދީ ގުޅުންތައް މިހާރަށްވުރެ ބަދަހިކޮށް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ޑރ. ހާލާ ޙަމީދުއާއި، ސެކްރެޓަރީ މަލްޓިލެޓަރަލް އަލްފާޟިލް އަޙްމަދު ޝިޢާންއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އަލްފާޟިލާ އާމިނަތު މިނާގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޙުސެއިން ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްއާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ ޢާއިޝާ މަޔާސީން މުޙައްމަދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ގުޅުންހުރި

ނެދަލެންޑްސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިރާނުން ބަޙްރެއިނާއި ކުވޭތަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މެލޭޝިޔާގައި ކުލަގަދަކޮށް "އީދު އުފާ- މެލޭޝިޔާ" ގެ ނަމުގައި އަޟްޙާ އީދު ފާހަގަކޮށްފި




