logoEN
WAMCO TOP 1
އިރާނުން ބަޙްރެއިނާއި ކުވޭތަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިރާނުން ބަޙްރެއިނާއި ކުވޭތަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އަހުމަދު ޝުރާއު

logo

6/4/2026, 11:18:25 AM

# ފޮރިން މިނިސްޓްރީ

-

ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްހެޅި، މުޅި ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށް ކުރިމަތިވި ބޮޑު ނުރައްކަލެކެވެ.

ރާއްޖެއިން އަބަދުވެސް ބަޙްރެއިން އަދި ކުވޭތުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، އެ ދެ ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި ސަރަހައްދުގެ ސަލާމަތަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް އިތުރުކޮށް ވަރުގަދަކުރުމަށްވެސް ރާއްޖޭގެ ޚާރިޖިއްޔާގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC