logoEN
WAMCO TOP 1
ފުލުހުންނަށް ކުރިއަށް ގެންދިޔަ ތިން ކޯހެއްގެ ދަސްވެނިވުން ބާއްވައިފި

ފުލުހުންނަށް ކުރިއަށް ގެންދިޔަ ތިން ކޯހެއްގެ ދަސްވެނިވުން ބާއްވައިފި

އަހުމަދު ޝުރާއު

logo

6/15/2026, 12:23:20 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ތިންކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

THE TRAVELLER AD

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާސިމް ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި، ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި ތިން ކޯހުގެ މުދައްރިބުން އަދި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

މި މަހު 14 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ފަސްޓްލައިން މެނޭޖްމަންޓް ކޯސް (ބެޗް 14) އާއި އިންވެސްޓިގޭޝަން އޮފިސާސް ކޯސް (ބެޗް 31) އަދި ފައުންޑޭޝަން އޮފް އިންޓެލިޖެންސް ފޯރ ލޯ އެންފޯސްމަންޓް (1) ފުރިހަމަކުރި ފުލުހުންނަށެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ މެނޭޖާސް ފަންތީގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކުރެވިގެން ހިންގާ ކޯހެކެވެ. ފަސްޓްލައިން މެނޭޖާސް ލެވެލްގައި ގާނޫނު ތަންފިޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި ހުނަރު މި ކޯހުގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދެވިފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރު އޭޕްރީލް 26 އިން މެއި 25 އަށެވެ. މި ކޯސް ފުރިހަމަކޮށްފައިވަނީ 24 ފުލުހުންނެވެ. މި ކޯހުން އެއްވަނަ ހާސިލްކޮށްފައިވަނީ ސަރޖަންޓް އަލީ ހަނީފްއެވެ.

އިންވެސްޓިގޭޝަން އޮފިސާސް ކޯހަކީ ،އިންވެސްޓިގޭޝަން އޮފިސަރުން އުފެއްދުމާއި އިންވެސްޓިގޭޝަން އޮފިސަރުން ތަރައްގީކުރުމަށް އަދި ކުރިމިނަލް އިންވެސްޓިގޭޝަން ދާއިރާގެ އިލްމާއި ހުނަރު ދަރިވަރުންނަށް އުނގަންނައިދިނުމަށް ފަރުމާކުރެވިގެން ހިންގާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ކުރައިމް ސީން އިންވެސްޓިގޭޝަން، އިންވެސްޓިގޭޓިވް އިންޓަވިއުއިންގ، ގެދަރިންގ އެވިޑެންސް، ކޭސް ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ކޯހުގެ ކިޔެވުމާއި އެޓޭޗްމަންޓް ނިންމާއިރު އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބައިގައި ހުންނާނެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ 17 ފިރިހެން ދަރިވަރުންނާއި 4 އަންހެން ދަރިވަރުން ހިމެނޭހެން 2025 ޑިސެމްބަރު 7 އިން 2026 އޭޕްރީލް 7 އަށެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސީނިއަރ ސާޖަންޓް މުޙައްމަދު ޝިމާޙްއެވެ.

ފައުންޑޭޝަން އޮފް އިންޓެލިޖެންސް ފޯރ ލޯ އެންފޯސްމަންޓް ކޯހަކީ އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި ތަހުލީލުކޮށް މައުލޫމާތު ހިއްސާކުރުމާ ގުޅޭ މައުލޫމާތު ހިމެނޭހެން ފަރުމާކޮށްގެން ހިންގާ ކޯހެކެވެ. 2025 އޮކްޓޯބަރު 26 އިން ޑިސެމްބަރ 26 އަށް 30 ދަރިވަރުންނާއެކު ކުރިއަށްގެންދިޔަ މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ހަލީމަތު ރަޝީދާއެވެ.

މި ކޯހުގެ ތެރެއިން، އިންޓެލިޖެންސް ސައިކަލް، ކަންކަން ރާވާނެ ގޮތާއި، މައުލޫމާތު އެއްކުރާނެ ގޮތާއި، މިކަންތައްތަކުގެ އެކި މަރުހަލާތަކާއި، ލިބޭ މައުލޫމާތު ތަހުލީލު ކުރާނެގޮތާއި، މައުލޫމާތު ހިއްސާކުރުމާއި ސްޓްރެޓީޖިކް، ޓެކްޓިކަލް އަދި އޮޕަރޭޝަނަލް ޓެކްޓިކްސްއާއި، ކްރިޓިކަލް ތިންކިންގ (ފާޑުވެރި ވިސްނުން)، އެތިކަލް ސްޓޭންޑާޑްސް (އަހުލާގީ މިންގަނޑުތައް)، ލީގަލް ޕްރިންސިޕަލްސް (ގާނޫނީ އުސޫލުތައް) ގެ އިތުރުން އޮޕަރޭޝަނަލް ސެކިޔުރިޓީ ދެމެހެއްޓުމާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ގެންދަނީ ޒަމާނީ ފުލުހުންގެ ހިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު، ތަމްރީނު ޕްރޮގްރާމްތަކާއި ތަފާތު ކޯސްތައް ހިންގަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC