logoEN
WAMCO TOP 1
16 ވަނަ ފަސްޓްލައިން މެނޭޖުމަންޓް ކޯސް ފަށައިފި

16 ވަނަ ފަސްޓްލައިން މެނޭޖުމަންޓް ކޯސް ފަށައިފި

އަހުމަދު ޝުރާއު

logo

6/15/2026, 12:16:40 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފަސްޓްލައިން މެނޭޖުމަންޓް ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ.

THE TRAVELLER AD

މި ކޯސް މިފަހަރު ކުރިއަށް ގެންދަނި މާލެ ޕޮލިހުގެ ފުލުހުންނަށް ހާއްސަކޮށްގެންނެވެ.

ޖޫން 13 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި މާލެ ޕޮލިހުގެ ދަށުން ހިންގާ އެކި ޑިޕާޓްމަންޓުތަކުން ޖުމުލަ 25 ފުލުހުން ބައިވެރިވެއެވެ. މި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މާލެ ޕޮލިސް ގުޅިގެންނެވެ.

ފަސްޓްލައިން މެނޭޖުމަންޓް ކޯހަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގެ މަގުސަދަކީ، ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއަރުވައި، ޕްރޮފެޝަނަލް ހިދުމަތެއް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު އިތުރުކުރުވުމެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާއި ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ ފުލުހުންގެ ގާބިލުކަން އިތުރުކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC