logoEN
WAMCO TOP 1
ފިނޭ ޕޮލިސް ސްޓޭޝަންގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފިނޭ ޕޮލިސް ސްޓޭޝަންގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

6/15/2026, 9:33:15 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހދ. ފިނޭގައި އަލަށް ބިނާކޮށް ރަސްމީކޮށް ހުޅުވި ޕޮލިސް ސްޓޭޝަންގެ ގޯތިތެރެ ރީތިކޮށް ފެހިކުރުމަށްޓަކައި، އެ ސަރަހައްދުގައި މޭވާ ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި ހަރަކާތަކީ ފިނޭގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާއިމުކުރި އައު މަރުކަޒުގެ ބޭރުގެ މާހައުލު ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ފެށި މުހިންމު މަސައްކަތެކެވެ.

މި ޖޫން މަހުގެ 14 ވަނަ ދުވަހު ފިނޭ ޕޮލިސް ސްޓޭޝަނުގައި ބޭއްވުނު މި ރޯދާވެށި ހަރަކާތުގައި، ދިވެހި ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިޔާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަމަލީގޮތުން ބައިވެރިވެވަޑައިގެން ފުރަތަމަ ގަސް އިންދަވައިދެއްވިއެވެ.

ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކިއެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ މަތީ އޮފިސަރުންވެސް މި ހަރަކާތުގައި ބައިވެރިވެ ގަސް އިންދާފައިވެއެވެ.

މި ހަރަކާތަކީ ފިނޭ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ރަށުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން ރޭވިގެން ކުރިއަށްދިޔަ ޚާއްޞަ ހަރަކާތެކެވެ. ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މިކަމުގެ މައިގަނޑު މަޤްޞަދަކީ އަލަށް ހުޅުވުނު ސްޓޭޝަނަކީ ތިމާވެއްޓާ ރައްޓެހި، ގުދުރަތީ ފެހިކަން އެކުލެވޭ އަދި އާންމުންނަށާއި އެތަނުގައި މަސައްކަތްކުރާ ފުލުހުންނަށްވެސް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ.

މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގެ މާހައުލާ ގުޅޭ ތަފާތު އެކި ބާވަތްތަކުގެ މޭވާ ގަސްތައް ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ވަނީ އިންދާފައެވެ.

ކޮމެންޓް
ފަހުގެ
HDC