
އަޕަރ ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ އަގުވަޒަންކޮށް ޝަރަފުގެ ނިޝާނާއި ހަނދާނީ ލިޔުން ދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށާއި، ޝަރަފުގެ ނިޝާން ދިނުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ކޮށްފައިވާ ބުރަ އަދި ނަތީޖާ ނެރުނު މަސައްކަތްތައް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތު ކުރިއަށްދިޔައީ މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހު ހދ. ފިނޭގައެވެ.
ހދ. ފިނޭގައި ބޭއްވުނު މި ޝަރަފުވެރި ރަސްމިއްޔާތުގައި، ދިގު މުއްދަތަކަށް ޤައުމީ ޚިދުމަތުގައި ދެމިތިބި ފުލުހުންގެ އަގުވަޒަންކޮށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މީގެ އިތުރުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާފައިވާ ނުރައްކާތެރި ބޮޑެތި ޖިނާއީ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް ތަހުގީގުކޮށް ސާބިތުކުރުމުގައި އެހީތެރިވި ފުލުހުންނަށް ކޮމިޝަނަރ ވަނީ ހަނދާނީ ލިޔުން ވެސް ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، އަޕަރ ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ ތެރެއިން ފާހަގަކޮށްލެވުނު ނުވަ ފުލުހަކަށް އެފަރާތްތަކުގެ އިޚުލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުގެ މަތިވެރި ނިޝާން ލިބިފައިވެއެވެ. އަދި ހަމައެއާއެކު، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް، ކާމިޔާބުކަމާއެކު ކޯޓުތަކާ ހަމައަށް ގެންދިއުމުގައި އަމަލީގޮތުން ރެއާއި ދުވާލު މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، އެކި ގޮތްގޮތުން ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދިން ޖުމްލަ 34 ފުލުހެއްގެ މަސައްކަތް ބަލައިގަނެ ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.
ގުޅުންހުރި

ފުލުހުންނަށް ކުރިއަށް ގެންދިޔަ ތިން ކޯހެއްގެ ދަސްވެނިވުން ބާއްވައިފި
.jpg&w=3840&q=75)
16 ވަނަ ފަސްޓްލައިން މެނޭޖުމަންޓް ކޯސް ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފި




