
އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުން ކޮންމެހެން ބޭނުންތެރި- ރައީސް
# ލޭ ހަދިޔާކުރުން# ރައީސް މުއިއްޒުލޭ ހަދިޔާކުރުމުގެ ތެރެއިން-
އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމާއި، ގައުމީ ފެންވަރުގެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށްޓަކައި އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުން ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މިއީ އަމިއްލަ އިސްނެގުމާއެކު ލޭހަދިޔާކުރާ ފަރާތްތަކުން ދިރިއުޅުންތައް ސަލާމަތްކުރުމަށްޓަކައި ވެދޭ އަގުނުކުރެވޭފަދަ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން އޮންނަ ދުވަހެއް ކަމަށެވެ. އަދި އެފަރާތްތަކުގެ މި ނަމޫނާ، އަމިއްލަ އެދުމެއްނެތް ޢަމަލުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ފަރުވާއަށް ބޭނުންވެފައިވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތުގައި އެހީތެރިކަން ލިބިގެންދާކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދިފައިވީ ނަމަވެސް ލެޔަކީ އޭގެ ބަދަލު އެހެން އެއްޗެއް ބޭނުންނުކުރެވޭނެ މުހިންމު ވަސީލަތެއްކަމަށް ރައީސް ވިދާޅުވި އެވެ.
” އެހެންކަމުން، އާންމުޞިއްޙަތު ރައްކާތެރިކުރުމަށާއި، ޞިއްޙީޚިދުމަތްތައް ހަރުދަނާކުރުމަށާއި، ޤައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށްޓަކައި އަމިއްލަ އިސްނެގުމުގައި ލޭހަދިޔާކުރުން ކޮންމެހެން ބޭނުންތެރި” ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ވަކިވަކި ރަށްތަކަށް ބެހިފައި އޮންނަ ގައުމަކަށް ބަލާއިރު ސިއްހީ ކުއްލި ހާލަތްތަކުގައި ލޭ ލިބުމުގެ އަވަސްމިނަކީ ފުރާނަ ސަލާމަތްކުރުމުގައި ވަރަށް ބޮޑު ބަދަލެއް ގެނެސްދޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ދެމިއޮންނާނީ އަމިއްލަ އިސްނެގުމުގައި ލޭހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އެކަން ކުރިއެރުވުމަށާއި، އެންމެންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެއްބައިވަންތަކަމާއި ހިއްސާދާރުވުމުގެ ސަގާފަތެއް ވަރުގަދަކުރުމުގެ މަސައްކަތުގައިކަމަށް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.
ގުޅުންހުރި

އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުން ކޮންމެހެން ބޭނުންތެރި- ރައީސް

މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ސިފައިންގެއާ ގުޅުނު ޒުވާނުންނަށް ރައީސް މުޢިއްޒުގެ ސާބަހާއި މަރުޙަބާ!
.jpg&w=3840&q=75)



