.jpg&w=3840&q=75)
ނިލަންދޫގެ ތާރީޚީ ޚިދުމަތްތެރިޔާ، ކަތީބު ދޮންބެ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
# ރައީސް މުއިއްޒު-
ފ ނިލަންދޫއަށް ދިގު މުއްދަތެއްގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ، އަދި ދަނޑުވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވައިފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ޢުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ، އެމަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަތީބު ދޮންބެ އަވަހާރަވި ޚަބަރު އެއްސެވީ ފުން އަސަރާއި ބޮޑު ހިތާމައަކާއެކު ކަމަށެވެ.
ނިލަންދޫގެ ކަތީބުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ރައީސް މުޢިއްޒު ވަނީ ޚާއްޞަގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، މަރްހޫމްގެ ކިބައިން ފެނުނު އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމާއި، ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ހުނަރުވެރިކަމުގެ އިތުރުން އޭނާގެ މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށްވެސް ދެއްކެވި ވަރަށް ރީތި އަދި މަތިވެރި ނަމޫނާއެކެވެ.
ރައީސްގެ މެސެޖުގައި، ކަތީބު ދޮންބެގެ އުފަން ދަރީންނާއި، ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ޤައުމަށް ފާހަގަކޮށްލެވޭ ފަދަ ވަރަށް ތަޢުލީމީ، ޤާބިލް އެތައް ޚިދުމަތްތެރީންނެއް މިއަދުވެސް ތިއްބެވިކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ދަރިފަސްކޮޅެއް ބިނާކުރެއްވުމަކީ ކަތީބު ދޮންބެގެ ޙަޔާތްޕުޅުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައި ރައީސް ބަޔާންކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަރްޙޫމްގެ ބޭފުޅުންގެ ތެރޭގައި ހިތުގެ ޚާއްޞަ ޑޮކްޓަރު ޑރ. ޢަބްދުލްޢަޒީޒް އަޙްމަދާއި، މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ އަޙްމަދުގެ އިތުރުން ސްޓޭޓް މިނިސްޓަރު ޢަބްދުލްލަތީފް އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.
އެމަނިކުފާނުގެ އިޚުލާޞްތެރި ތަޢުޒިޔާ މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށާއި ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ރަސްމީކޮށް ރައްދުކޮށްދެއްވަމުން، ރައީސް މުޢިއްޒު ވަނީ މަރްޙޫމްގެ ފުރާނައަށް ހެޔޮ ދުޢާ ކުރައްވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނިލަންދޫގެ ތާރީޚީ ޚިދުމަތްތެރިޔާ، ކަތީބު ދޮންބެ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
.jpg&w=3840&q=75)
ތައިލޭންޑުގެ ޕްރިންސަސް އަވަހާރަވުމާ ގުޅިގެން، ރަސްގެފާނަށް ރައީސް މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި
.jpg&w=3840&q=75)
ކެނެޑާގެ އާ ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ!




