logoEN
WAMCO TOP 1
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 71 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްދީފި

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 71 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްދީފި

އަހުމަދު ޝުރާއު

logo

6/12/2026, 5:27:19 PM

# އެމްއެންޑީއެފް

-

ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމަށްޓަކައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްދީފިއެވެ.

THE TRAVELLER AD

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުއްލި ހާލަތްތަކުގައި ބޭނުންވާ އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ބަލިމީހުން އުފުލުމަށް ކުރި ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ދަތުރު ކޮށްދީފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން 48 އިވެކުއޭޝަން ދަތުރު ކޮށްދީފައިވެއެވެ.

މީގެ އިތުރުން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 3 އިވެކުއޭޝަން ދަތުރު، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 13 އިވެކުއޭޝަން ދަތުރު އަދި ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 6 އިވެކުއޭޝަން ދަތުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ކޯސްޓްގާޑުން ކުރިއަށްގެންދާ މިފަދަ މެޑިކަލް އިވެކުއޭޝަން ދަތުރުތަކަކީ ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ލިބެންނެތް ފަރުވާތައް ހޯދުމަށް ސަރަހައްދީ ހޮސްޕިޓަލްތަކަށާއި މާލެއަށް ބަލިމީހުން އަވަހަށް ބަދަލުކުރުމަށް ސިފައިން ފޯރުކޮށްދޭ އެންމެ މުހިންމު އެއް އިންސާނީ ހިދުމަތެވެ.

ކޮމެންޓް
ފަހުގެ
HDC