logoEN
WAMCO TOP 1
ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން އޮސްޓްރޭލިއާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން އޮސްޓްރޭލިއާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/11/2026, 1:01:18 PM

# ރާއްޖެ - އޮސްޓްރޭލިއާ

-

އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޑޭވިޑް ޖެސެޕް، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު (މިނިސްޓަރު) ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

THE TRAVELLER AD

މިނިސްޓްރީގައި ބޭއްވުނު މި ރަސްމީ ބައްދަލުކުރެއްވުމުގައި، ފަންނާއި ސަގާފަތް އަދި ތަރިކައިގެ ދާއިރާއިން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޮސްޓްރޭލިއާގެ ސަފީރު ވަނީ، ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމަށް ލިބިފައިވާ މުއްސަނދިކަން ދެމެހެއްޓުމަށާއި، އެކަންކަން އިތުރަށް ކުރިއެރުވުމަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އޮސްޓްރޭލިޔާގެ ސަގާފަތާއި ތަރިކަ ދައްކުވައިދޭ ޚާއްޞަ މައުރަޒެއް މިދިޔަ ޖަނަވަރީ މަހު ރާއްޖޭގެ ނެޝަނަލް އާރޓް ގެލެރީގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބޭއްވިފައިވާކަން ސަފީރު އުފަލާއެކު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ބާޒާރުގައި، ޚާއްޞަކޮށް އޮސްޓްރޭލިއާ ސަރަހައްދުގައި އިޝްތިހާރުކުރުމުގައި އެހީތެރިވެދެއްވާނެ ކަމަށް ސަފީރު ޑޭވިޑް ޖެސެޕް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުމަށާއި، މިކަމުގައި އެއަރލައިންތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ފަންނީ އަދި ސަގާފީ ދާއިރާ ކުރިއެރުވުމަށް ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރާއްޖޭގެ މާޒީގެ މުއްސަނދި ތަރިކައާއި ސަގާފީ ހަރުމުދާ ރައްކާތެރިކޮށް ދުނިޔެއަށް ދައްކާލުމަކީ މިނިސްޓްރީގެ ބޮޑު އަމާޒަކަށްވާއިރު، މިފަދަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ފަންނުވެރިންނަށާއި ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.

ކޮމެންޓް
ފަހުގެ
HDC