
އޮސްޓްރޭލިއަން ނޭވީ އިމާމު މޮގަތު މަޖްދީ ޢީސާގެ ސެޝަނެއް އިމާމުންނަށް ކުރިއަށް ގެންގޮސްފި
# ރާއްޖެ - އޮސްޓްރޭލިއާ-
ރޯޔަލް އޮސްޓްރޭލިއަން ނޭވީ ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާގެ ޚާއްސަ ސެޝަނެއް މިއަދު އިމާމުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނުގައި ގިނަ އަދަދެއްގެ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ އިމާމުން ތާޒާކޮށް އިމާމުންނަށް ތަމްރީންގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިއްމު ސެޝަނެއްކަން ފާހަގަކޮށްލެވެއެވެ.
އޮސްޓްރޭލިއަން ނޭވީ އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާފައިވެއެވެ.
އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އޮސްޓްރޭލިއަން ނޭވީ އިމާމު މޮގަތު މަޖްދީ ޢީސާގެ ސެޝަނެއް އިމާމުންނަށް ކުރިއަށް ގެންގޮސްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

ރާއްޖޭގައި އޮސްޓްރޭލިއާ ދުވަސް ފާހަގަކޮށްފި
