logoEN
Sto top
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

އަހުމަދު ޝުރާއު

logo

6/2/2025, 11:47:46 AM

# ރާއްޖެ - އޮސްޓްރޭލިއާ

--

އޮސްޓްރޭލިއާ އިން އަށް ރާއްޖެ ޕެޓްރޯލިން އުޅަނދެއް ހަދިޔާކުރަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކޮށްފައިވަނީ އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު އަދި އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ރިޗަޑް މާލްސް ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭގޮތުން މިއަދު ދެގައުމުގެ ދިފާއި ވުަޒާރާއިން ނެރުއްވި ޖޮއިންޓް ބަޔާނެއްގައެވެ.

ރިޗަޑް ރާއްޖެވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. އަދި މިއަދު ރިޗާޑް ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއާއިވެސް ބައްދަލުކުރައްވާފައި އެވެ. އަދި ދިފާއީ ވަޒީރު ޣައްސާން މައުމޫންއާއި އެކު ދެގައުމުގެ ދިފާއި ގުޅުންތައް ހަރުދަނާކުރުމުގެ ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.

ރިޗާޑްގެ ދަތުރުފުޅާއި ގުޅިގެން ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮސްޓްރޭލިއާ އިން ހަދިޔާކުރީ ޕެޓްރޯލިން އުޅަނދު މިހާރު އޮތީ އެ ގައުމުގައި ބަނުމުގެ މަރުހަލާގައި ކަމަށާއި އެ އުޅަނދުގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށެވެ. އަދި ރާްއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ އޮސްޓްރޭލިއާގެ އުފެއްދުމެއް ކަމަށްވާ ގާޑިއަން-ކްލާސް ޕެޓްރޯލިން އުޅަނދެއް ކަމަށާއި މި އުޅަނދު ވެގެންދާނީ ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާނެ ގިނަ ވަސީލްތަކެއް އެކުލެވޭނެ އުޅަނދަކަށް ކަމަށެވެ.

ގާޑިއަން-ކްލާސް ޕެޓްރޯލިން އުޅަނދުގެ އިތުރުން ރާއްޖެ އަށް މަލްޓި-ބިމް އިކޯ ސައުންޑާއެއް ވެސް ހަދިޔާކުރަން އޮސްޓްރޭލިއާ އިން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މަލްޓި-ބިމް އިކޯ ސައުންޑާއަކީ ހައިޑްރޮގްރަފީ ހެދުމަށް ބޭނުންކުރާ އާލާތެކެވެ.

ޖޮއިންޓް ބަޔާނުގައި އިތުރަށް ބުނީ މި ތަކެތި ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC