
އޭއެސްއެމްއެޗުގެ އޮޕަރޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް: މިހާތަނަށް އެކަނިވެސް 350 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް!
# ޑރ އޭއެސްއެމްއެޗް-
އެކި ދާއިރާތަކުގެ ދިވެހި ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގައި އޮޕަރޭޝަންތަކަށް ޚާއްޞަ ބޮޑު ކޭމްޕެއް މިއަދު ފަށައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕަކީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ފެށި މުހިންމު ކޭމްޕެކެވެ. މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ޚާއްޞަ ޞިއްޙީ ހަރަކާތުގެ ސަބަބުން މާލެއަށް ނުގޮސް، އަމިއްލަ ރަށާ ކައިރިން ސުޕަރ-ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ދެކުނުގެ ރައްޔިތުންނަށް ވަނީ ފަހިވެފައެވެ.
މި ކޭމްޕަށް އާންމުންގެ ފަރާތުން ނުހަނު ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ކޭމްޕް ރަސްމީކޮށް ފެށުނުއިރުވެސް 350 އެޕޮއިންޓްމަންޓް ވަނީ ކޮންފާމްވެފައެވެ. މީގެ އިތުރުން ޚިދުމަތް ހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ 190 ބަލިމީހުން މިހާރުވެސް ވޭޓިންގް ލިސްޓުގައި އެބަތިއްބެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ގިނަ ބަޔަކަށް މި ކޭމްޕުގެ ތެރެއިން ފަރުވާ ފޯރުކޮށްދިނުމަށެވެ.
މި ކޭމްޕްގެ ތެރެއިން ގިނަ ދާއިރާތަކަކުން ފަރުވާއާއި ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކަފާލައިގެން ކުރާ އޯޕަން އޮޕަރޭޝަންތަކާއި ޒަމާނީ ވަސީލަތްތަކާއެކު ލޯވަޅުއަޅައިގެން ކުރާ ލެޕްރަސްކޯޕިކް އޮޕަރޭޝަންތައް ހިމެނެއެވެ. އަދި ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި، ޕްލާސްޓިކް ސަޖަރީގެ ޚިދުމަތާއި، ކެންސަރުބަލީގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށްދާ ސަޖަރީތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އޮޕަރޭޝަން ނުވަތަ ނިއުރޯ ސާޖަރީގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ހަށިގަނޑުގައި ނުފިލާ ހުންނަ ބޮޑެތި ތަދުތަކަށް ޚާއްޞަ ފަރުވާ ދިނުންވެސް މި ކޭމްޕުގައި ކުރިއަށްދާނެއެވެ.
ބަލިމީހުން ބެލުމާއި އޮޕަރޭޝަންތައް ކުރުމުގެ އިތުރުން، މި ކޭމްޕަށް ޒިޔާރަތްކުރި ޚާއްޞަ ޑޮކްޓަރުންގެ ޓީމުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދާއިމީކޮށް މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީނުތަކެއް ނަގައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު މުސްތަޤްބަލުގައި މަތިކުރުމަށާއި، އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގުޅުންހުރި

އޭއެސްއެމްއެޗުގެ އޮޕަރޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް: މިހާތަނަށް އެކަނިވެސް 350 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް!

އޭއެސްއެމްއެޗްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އޭއެސްއެމްއެޗަށް!




