logoEN
WAMCO TOP 1
އޭއެސްއެމްއެޗްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

އޭއެސްއެމްއެޗްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

އަހުމަދު ޝުރާއު

logo

4/26/2025, 6:08:20 AM

# ޑރ އޭއެސްއެމްއެޗް

-

ތިނަދޫ ސިޓީގައި ހުންނަ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ.

THE TRAVELLER AD

މި ސަރޖަރީ ހަދާފައިވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ.

މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އަބުދުﷲ އުބެއިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސާރޖަރީ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ޓީމް

  1. ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ
  2. އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު
  3. ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު
  4. އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް
  5. ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން
  6. ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާ
  7. ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު
  8. ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު

ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސަރޖަރީތަކެވެ.

މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެކެވެ.

މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC