logoEN
WAMCO TOP 1
މޭޔަރު ދެއްވީ ހުޅުމާލޭގެ އޮޑިވެރިންނާއި މަސްވެރިންނަށް ދާއިމީ ބަދަރެއް ނެތް މައްސަލައަށް އަވަސް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން!

މޭޔަރު ދެއްވީ ހުޅުމާލޭގެ އޮޑިވެރިންނާއި މަސްވެރިންނަށް ދާއިމީ ބަދަރެއް ނެތް މައްސަލައަށް އަވަސް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން!

އަހުމަދު ޝުރާއު

logo

6/9/2026, 6:52:39 PM

# މާލެ ސިޓީ ކައުންސިލް

-

ހުޅުމާލެ އޮޑިވެރިންގެ ޖަމިއްޔާ އާއި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ހުރި ބޮޑެތި ކަންބޮޑުވުންތަކާއި ދަތިތައް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރުންނާ ފުޅާ ދާއިރާއެއްގައި ހިއްސާކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލަތައް ގާތުން ބައްލަވާލެއްވުމަށްޓަކައި މޭޔަރާއި، ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލަރުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގެ ވަގުތީ ޑިންގީ ޖެޓީ ސަރަހައްދަށް އަމަލީ ގޮތުން ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އެއަށްފަހު ހުޅުމާލެ ކައުންސިލްގެ އޮފީހުގައި މި ދެ ޖަމިއްޔާގެ އިސްވެރިންނާއެކު ޚާއްޞަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި އޮޑިވެރިންނާއި މަސްވެރިންގެ ފަރާތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދާއިމީ ބަދަރެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކެވެ. މީގެ އިތުރުން ޑިންގީތައް އަޅާފައި އޮންނަ ސަރަހައްދު އަނދިރިކޮށް އޮތުމާއި، ލޯންޗުތަކަށް ބޭނުންވާ ސަޕްލައި ފެނާއި ތެޔޮ އެ ސަރަހައްދުން ފަސޭހައިން ލިބޭނެ އިންތިޒާމެއް ނެތް މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު ޑިންގީތައް މަރާމާތު ކުރުމަށްޓަކައި ފައިބަރު ކުރުމާއި ކުދިކުދި މަސައްކަތްތައް ކުރެވޭނެ ބިމެއް ހަމަޖައްސައިދިނުމަށާއި، މަސް ގަންނަން އަންނަ އާންމުންނަށް އެ ސަރަހައްދަށް ފަސޭހައިން ވަދެނިކުމެވޭނެ މަގެއް ދެއްކުމަށްވެސް އޮޑިވެރިން ވަނީ އެދިފައެވެ.

މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ޚާއްޞަގޮތެއްގައި އެދިފައިވަނީ މިހާރު ހުއްޓިފައިވާ މަސްވެރިންގެ ޖަގަހައިގެ މަސައްކަތްތައް އަވަހަށް ނިންމައިދިނުމަށެވެ. އަދި ކުރިއަށް އޮތް އިރުވާ މޫސުން އަންނަންވާއިރަށް ބޭރު ތޮށި އިތުރަށް ބޭރަށް ނެރެދީ، ފަޅުތެރެއަށް ރާޅުގެ އަސަރު ނުކުރާނެ ގޮތް ހަދައިދިނުމުގެ އިތުރުން ބޭރު ކަށީގައި ނެރު ބައްތި ޖަހައިދިނުމަށް މަސްވެރިން ވަނީ މޭޔަރުގެ އަރިހުން އެދިފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މަސްވެރިންނާއި އޮޑިވެރިން ފާހަގަކުރި މައްސަލަތަކަކީ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ވީ އެންމެ އަވަހަކަށް ހައްލު ހޯދަންޖެހިފައިވާ މުހިންމު ކަންކަން ކަމަށެވެ. އަދި މި ކަންކަމަށް އަވަސް ސްޕީޑެއްގައި ހައްލެއް ހޯދައިދިނުމަށް ސިޓީ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC