logoEN
WAMCO TOP 1
ޖީއީއެފް އެސެމްބްލީ 2026: ތިމާވެށީގެ ބޮޑު ރޭހުގައި ރާއްޖެއިން ދުނިޔެއަށް ދިން މެސެޖު!

ޖީއީއެފް އެސެމްބްލީ 2026: ތިމާވެށީގެ ބޮޑު ރޭހުގައި ރާއްޖެއިން ދުނިޔެއަށް ދިން މެސެޖު!

އަހުމަދު ޝުރާއު

logo

6/6/2026, 8:35:28 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މަތީ ފަންތީގެ މުހިންމު ބަޔާނެއް އިއްވައިފިއެވެ. މި ބަޔާން އިއްވައިދެއްވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވަނީ ޖީ.އީ.އެފްގެ ނުވަވަނަ ރިޕްލެނިޝްމަންޓަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ހުރިހާ ގައުމުތަކުން އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ.

ހާއްސަކޮށް، 2030 ހަމައަށް ކަނޑައަޅާފައިވާ ތިމާވެށީގެ ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރުމަށް އޮތް ފަހު ދުވަސްކޮޅު ނުވަތަ "ލާސްޓް ސްޕްރިންޓް" ގައި، އެއްވެސް ގައުމެއް ފަހަތަށް ނުޖެހި، ހުރިހާ ފަރާތްތަކުން އެކުގައި ބާރަށް މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ބާރުއަޅުއްވާފައެވެ.

މިނިސްޓަރުގެ މި ބަޔާނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނާޒުކު ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ ވަކާލާތުގެ މުހިންމު ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، ދުނިޔޭގެ ފެންވަރުގައި އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖީ.އީ.އެފް އެސެމްބްލީއަކީ ތިމާވެށީގެ އެކި މައްސަލަތަކަށް ފަންޑު ކުރުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި ދުނިޔޭގެ ގައުމުތަކުން އެކުގައި މަޝްވަރާކުރާ އެންމެ ބޮޑު އެއް މަންސައެވެ. މި ބައްދަލުވުމުން ނިންމާ ނިންމުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި 2030 ގެ އަމާޒުތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރަކާއި ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC