logoEN
WAMCO TOP 1
ކްރޮއޭޝިއާގެ ސްޓޭޓްހުޑް ދުވަހުގެ ތަހުނިޔާގެ ވަޒީރު އިރުތިޝާމް ފޮނުއްވައިފި

ކްރޮއޭޝިއާގެ ސްޓޭޓްހުޑް ދުވަހުގެ ތަހުނިޔާގެ ވަޒީރު އިރުތިޝާމް ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

5/30/2026, 1:58:08 PM

# ފޮރިން މިނިސްޓްރީ

-

ކްރޮއޭޝިއާގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ "ސްޓޭޓްހުޑް ދުވަހުގެ" އުފާވެރި މުނާސަބަތާ ގުޅިގެން، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް، ގޯޑަން ގްރިލިޗް ރަޑްމަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

THE TRAVELLER AD

ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެކަމަނާގެ އަމިއްލަ ނަމުގައި، ކްރޮއޭޝިއާގެ ޚާރިޖީ ވަޒީރަށާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި މަރުޙަބާ ވަނީ އަރިސްކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮންނަ ގާތް ބައިލެޓްރަލް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކޮށް، ތަރައްޤީގެ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން މިނިސްޓަރ އިރުތިޝާމް ވަނީ ދެއްވާފައެވެ.

މެސެޖު ނިންމަވާލައްވަމުން، މިނިސްޓަރ އިރުތިޝާމް ވަނީ ކްރޮއޭޝިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވައި، އެކަން ޔަޤީންކޮށްދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC