
ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރަކަށް އައްޔަންކުރި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފި
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ# އާދަމް ނަސީރު އިބްރާހިމް-
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް އައްޔަންކުރެއްވި އާދަމް ނަސީރު އިބްރާހިމް މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާޏު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިސްތިއުފާދެއްވިކަން ހާމަކުރައްވާފަ އެވެ.
އާދަމް ނަސީރު އެ މަގާމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، މަގާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް މިއަދު ވިދާޅުވެފައިވަނިކޮށް އާދަމް ނަސީރުވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހު އެވެ. ނަމަވެސް އިސްތިއުފާ ދިން ސަބަބެއް މިނިސްޓަރު ހިއްސާކޮށްފައެއްނުވެ އެވެ.
ގުޅުންހުރި

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ މުޖުތަމައެއް ބިނާކުރުން: މިނިސްޓަރ

މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން - މިއީ ގުރުބާނީގެ ދުވަހެއް: މިނިސްޓަރ ހީނާ ވަލީދު

ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރަކަށް އައްޔަންކުރި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފި




