
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ މުޖުތަމައެއް ބިނާކުރުން: މިނިސްޓަރ
# އެޑިއުކޭޝަން މިނިސްޓަރ# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާޑރ. އިސްމާޢީލް ޝަފީޢު
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ، އެކުވެރި އަދި އުފާވެރި މުޖުތަމައެއް ބިނާކުރުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ޚާއްޞަގޮތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމާއި، ޤައުމީ ރޫޙު އާލާކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ކާބަފައިން މި ޤައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ނަމޫނާގައި ހިފަހައްޓައި، އަންނަން އޮތް ޖީލުތަކަށް ޤައުމުގެ މިނިވަންކަން ފޯރުކޮށްދިނުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރައްވާ ޑރ. ޝަފީއު ވަނީ ދިވެހި ޤައުމުގެ މިނިވަންކަމަކީ ވަރަށް ބޮޑުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އަންނަ ޖީލުތަކަށް އަމާނަތްތެރިކަމާއެކު މި މިނިވަންކަން ވާސިލުކޮށްދިނުމައްޓަކައި މަސައްކަތްކުރަންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަދުންނަމަވެސް ޤައުމަށްޓަކައި ޖިހާދުވާ އަބުތޯލުންނާއި ބޭހޭގޮތުން ކުޑައިމީސްކޮށް ބަސްބުނާތަން ފެންނަމުންދާކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވެ، ޤައުމަށްޓަކައި ޖިހާދުވި މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރަންޖެހޭކަމަށްވަޒީރު ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި ބެލެނިވެރިން އިސްނަގައިގެން، ދިވެހި އަބްޠާލުން ޤައުމަށްޓަކައި ކޮށްދެއްވި މަތިވެރި ޚިދުމަތާއި ވެވަޑައިގަތް ޤުރުބާނީގެ ވާހަކަތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ގުޅުންހުރި

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމުދެކެ ލޯބިވާ މުޖުތަމައެއް ބިނާކުރުން: މިނިސްޓަރ

މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން - މިއީ ގުރުބާނީގެ ދުވަހެއް: މިނިސްޓަރ ހީނާ ވަލީދު

ރައީސް، މަތީ އަރުތަވެރިންގެ އިނާމު ގެ 5 ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި




