
ސަގާފަތާއިބެހޭ ވަޒީރު އާދަމް ނަސީރުވެސް އިސްތިއުފާދީފި
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާމިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.

އާދަމް ނަސީރު އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަދި މިހާތަނަށް މިކަމާއި ގުޅިގެން އާދަމް ނަސީރުވެސް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިމިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު އާދަމް ނަސީރު ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.
ގުޅުންހުރި

ސަގާފަތާއިބެހޭ ވަޒީރު އާދަމް ނަސީރުވެސް އިސްތިއުފާދީފި

ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ދެއްވަން ނިންމަވައިފި
-1765079250590.webp&w=3840&q=75)
ޕޮލިޓެކްނިކުން ތައްޔާރުކުރި ދިވެހި ތަރިކައިގެ ބައެއް ނަކަލު މިނިސްޓްރީއަށް ހަދިޔާކޮށްފި




