
-
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ކޮންގް ޒިއަންހުއާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަނީ ޗައިނާގެ ސަފީރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ފަންނާއި، ސަގާފަތް އަދި ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން އޮތް ޒަމާންވީ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމު ގުޅިގެން ކުރިއަށްގެންދެވިދާނެ ތަފާތު މަޝްރޫޢުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
ޗައިނާއަކީ ރާއްޖޭގެ އާސާރީ ތަރިކަ ރައްކާތެރިކުރުމަށާއި، ސަގާފީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ، އަދި ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އެއް ޤައުމެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާތަކުން ގުޅިގެން ހަރަކާތްތެރިވުމުގެ އަޒުމް އާކުރައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިނިސްޓަރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
-1781172054177.webp&w=3840&q=75)
ޗައިނާގެ ބޮޑު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމްގެ ގޮވާލެއްވީ ސަރަޙައްދީ ސުލްޙައަށް އެންމެން ގުޅެން!

ޗައިނާ ސަފީރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި




