logoEN
WAMCO TOP 1
ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

6/8/2026, 3:22:46 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހާ މިއަދު ނިޔާވެއްޖެއެވެ.

THE TRAVELLER AD

މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް އުފަން، އުމުރުން ދުވަސްވީ ރަމީޒް ޢަބްދުﷲ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ، ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މަގުގެ ނުބައި ފަޅިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަނީ އެ ވަގުތު އެ މަގުން ރަނގަޅު ފަޅިން މަޑުމަޑުން ދިޔަ ސައިކަލެއްގައި ބާރަށް ޖެހިފައެވެ. މި ހާދިސާގައި ސައިކަލެއްގައި އިން މީހަކު ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެކްސިޑެންޓުގައި ރަމީޒަށް ލިބުނު އަނިޔާތަކުގެ ސީރިއަސްކަމުން، އޭނާއަށް އައްޑޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަގުތުން މާލެ ގެނެވުނެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މެދުނުކެނޑި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ބާރު ދުވެލީގައި ނުބައި ފަރާތުން ދުއްވައިގެން ހިނގި މި އެކްސިޑެންޓުގެ މައްސަލަ އެ މުއައްސަސާއިން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC