logoEN
WAMCO TOP 1
ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: މަގުހުރަސްކުރި މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: މަގުހުރަސްކުރި މީހަކަށް އަނިޔާވެ ފަރުވާދެނީ

އަހުމަދު ޝުރާއު

logo

6/8/2026, 3:04:48 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހުޅުމާލެ ފޭސް 2 ގެ މަގެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

THE TRAVELLER AD

މި ހާދިސާ ހިނގާފައިވަނީ ރޭގެ 21:26 އެހައިކަންހާއިރު ކަމަށް ފުލުހުންގެ ހާމަކުރެއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. ސައިކަލު ކަހާލައިގެން ގޮސް ޖެހިފައިވަނީ އެ ވަގުތު ކަފިހިހުރަސް މަތިން މަގު ހުރަސްކުރަމުންދިޔަ ދިވެހި ފިރިހެނެއްގެ ގައިގައެވެ.

މި ހާދިސާގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އޭނާގެ ޞިއްޙީ ހާލަތުގެ އިތުރު ތަފްޞީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC