.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް، މިއަދުން (7 ޖޫން 2026) ފެށިގެން އައްޔަންކުރައްވައިފިއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގައެވެ.
މި ގެނެވުނު ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ ރަސްމީ މައުލޫމާތު ފޯރުކޮށްދިނުމާއި، ފުލުހުންގެ މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ އެންމެހާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އައްޔަނު ކުރި އާރިފް މީގެ ކުރިން ހުންނެވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައެވެ. މީގެ ކުރިން އޭނާ ވަނީ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




