
ކަނޑުފަޅުތައް ޙިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާއެއް: މޭޔަރ އާދަމް ޢާޒިމް
# އާދަމް އާޒިމް-
ރާއްޖޭގެ ހިތްގައިމު ވިލުތަކާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ނޫ ކަނޑުތައް ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ގޮތުން މަސައްކަތްކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރ ޢާޒިމް މިކަމަށް ގޮވާލެއްވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުތަކުގެ ދުވަހާ (ވޯލްޑް އޯޝަންސް ޑޭ) ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ދުވަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހިންނާ ސީދާ ގުޅިލާމެހިފައިވާ ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ. ރާއްޖޭގެ ޖުމްލަ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑާއި ފަޅުގެ ސަރަޙައްދުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ދިވެހިންގެ މުޅި ދިރިއުޅުމާއި ސަގާފަތް ބިނާވެފައިވަނީ ކަނޑުފަޅާ ގުޅިފައިވާ އެކި ކަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހި އިޤުތިޞާދުގެ މައިގަނޑު ދެ ތަނބު ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން، ދަތުރުފަތުރާއި، މުނިފޫހިފިލުވުމާއި އަދި ބޭރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤުބޫލު މަންޒިލަކަށް ވެފައިވަނީވެސް މި ޤުދުރަތީ ކަނޑުފަޅުތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ޤުދުރަތުން ދެއްވާފައިވާ ރީތި މުރަކައިގެ ބަގީޗާތަކާއި ބަލައި ފޫހިވުމެއްނެތް ހިތްގައިމު ވިލުތައް ހަލާކުވިޔަނުދީ ރައްކާތެރިކުރުމަކީ ހުރިހާ އެންމެންގެ ބޮލުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށެވެ.
ކަނޑުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން، މޭޔަރ ޢާޒިމް ވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ރީތިކަމާއި އޭގެ ޖާދޫ ސިފަކޮށްދޭ ފުރިހަމަ ޅެން ބައިތެއްވެސް ހިއްސާކުރައްވާފައެވެ.
މި ބައިތުން ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމާއި، އޭގެ ހިތްގައިމުކަމުން އިންސާނުންނަށް ލިބިދޭ އުފާވެރިކަން ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ.
ގުޅުންހުރި

ކަނޑުފަޅުތައް ޙިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާއެއް: މޭޔަރ އާދަމް ޢާޒިމް

ބައިސްކަލް ބުރުގައި މޭޔަރު ބައިވެރިވެވަޑައިގެންފި

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމްގެ އިލްތިމާސް!




