
ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމްގެ އިލްތިމާސް!
# އާދަމް އާޒިމް-
ކ. ވިލިނގިލިން ފުރައިގެން ގިރި ލަންކަންފުށްޓަށް ދަތުރުކުރަމުންދިޔަ "ޓްއަ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، އޭގައި ދަތުރުކުރި ދެ މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަދި އެ ދެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ހާދިސާއާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި ގިނަ ފަހަރަށް މިފަދަ ބޮޑެތި ގެއްލުންތައް ލިބޭ ހާދިސާތައް ހިނގަން މެދުވެރިވަނީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ސަމާލުކަން ނުދެވުމުގެ ސަބަބުންކަން މޭޔަރ ޢާޒިމް ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، "މިފަދަ ހިތާމާވެރި ހާދިސާތައް ތަކުރާރުނުވާނެ ގޮތަކަށް، ކަނޑު ދަތުރުކުރާ ހުރިހައި ފަރާތްތަކުން އަމަލުކުރުމަށް ހަނދާންކޮށްދެން" ކަމަށެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ އުސޫލުތަކަށް ބޯލެނބުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު މަގުކަން ޢާޒިމް ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި އަނިޔާވި ދެ ފަރާތަށް މޭޔަރ ޢާޒިމް ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ގުޅުންހުރި

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމްގެ އިލްތިމާސް!

މަންމައިންގެ މަތިވެރި ޤްރުބާނީގެ އަގު ވަޒަންކޮށް، ޢަމަލީގޮތުން އެކަން ދައްކަންޖެހޭ - އާޒިމް

އާޒިމްވެސް ގޮވާލެއްވީ ކުޑަކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެންމެން އެހީތެރިވުމަށް!




