logoEN
WAMCO TOP 1
މަންމައިންގެ މަތިވެރި ޤްރުބާނީގެ އަގު ވަޒަންކޮށް، ޢަމަލީގޮތުން އެކަން ދައްކަންޖެހޭ - އާޒިމް

މަންމައިންގެ މަތިވެރި ޤްރުބާނީގެ އަގު ވަޒަންކޮށް، ޢަމަލީގޮތުން އެކަން ދައްކަންޖެހޭ - އާޒިމް

އަހުމަދު ޝުރާއު

logo

5/10/2026, 7:42:40 AM

# އާދަމް އާޒިމް

-

މަންމައިންގެ މަތިވެރި ޤްރުބާނީގެ އަގު ވަޒަންކޮށް، ޢަމަލީގޮތުން އެ ކަން ދެއްކުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

THE TRAVELLER AD

މޭޔަރ ޢާޒިމް މިކަމަށް ގޮވާލެއްވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ހުރިހައި މައިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދުނިޔެއަށް އިރުއަރައި އިރު އޮއްސޭ ކޮންމެ ދުވަހަކީވެސް މަންމަމެންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މަންމައިންގެ ޤްރުބާނީގެ މަތިވެރިކަން އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި، އެކަން އެންމެ ފުރިހަމައަށް ހާމަކޮށްދީފައިވަނީ އިސްލާމްދީނުގައި ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިންނަކީ މުސްލިމުންނަށް ވުމާއެކު، މައިންނަށް ވަރަށް މަތިވެރި ޤަދަރަކާއި ލޯތްބެއް ދޭންޖެހޭނެކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ތަރައްޤީއާއި ތަހުޒީބުގެ ވަސީލަތްތައް މަދު ޒަމާނެއްގައި، ގިނަ ޢަދަދެއްގެ ދަރިން ހޯދައި، ލޯތްބާއި އޯގާތެރިކަމާއެކު ބަލައި ބޮޑުކުރުމަށް މައިން ވެވަޑައިގެންނެވި ޤްރުބާނީއަކީ މިއަދުގެ ޒުވާން ޖީލަށް ތަޞައްވުރު ކުރަންވެސް ދަތި ކަމެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

"މި ބުރަ، މަތިވެރި ޤްރުބާނީގެ އަގު ވަޒަންކޮށް، ޢަމަލީގޮތުން އެ ކަން ދެއްކުމަށް އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވައިލަން،" މޭޔަރ ވިދާޅުވިއެވެ. އަދި މައިންގެ މާތްކަން ބަޔާންކުރައްވަމުން، "ދަލާ ކަރުނައިގެ އަސަރުން ވެސް ޔަޤީންވޭ އެ ކަނބަލުންގެ މާތްކަން ބަލައިއިރު އެ ކަމަކީ ވެސް އިންތިހައި ދަރަޖައިގެ ލައްޒަތަކޭ" މިފަދައިން މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC