
-
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައިރިއަށް އެން ހޯދުމަށް ޑައިވިނަށް ފޭބި މަސްވެރިއަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްހާގް ރަޝީދު (44 އަހަރު) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅެނިކޮށް ދޯނީގެ ފަޅުވެރިއަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 05:40 ހާއިރުއެވެ. އޭނާ ގެއްލުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.
ގައްދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިސްހާގުގެ ހަށިގަނޑު މޫދު އަޑިން ފެނިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރުއެވެ. އޭނާ ފެނުމާއެކު ވަގުތުން ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




