
ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޑްރަގް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. ދުވާފަރު، ފިނިރޯޅި، އާދަމް އިބްރާހީމް (32އ) އެވެ.
އޭނާ ހޯދަމުންދަނީ ޑްރަގް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްގެ ދަށުން، ބަންދުގައި ބަހައްޓައިގެން 2026 ޖޫން 08 ވަނަ ދުވަހު ކޯޓުގެ މުއައްސަސާއަށް ހާޒިރުކޮށްދިނުމަށެވެ.
އާދަމް އިބްރާހީމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންގެ މުއައްސަސާއަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




