
މުޅި ޕީއެންސީ ދަނީ ޕާޓީގެ މަތީ މަޖިލިހަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން: ޝުޖާޢު
# ޕީއެންސީ# ރާއްޖޭގެ ސިޔާސީ މަސްރަހު# ރައީސް މުއިއްޒު# އިބްރާހިމް ޝުޖާއުފޮޓޯ: ޕީއެންސީ
މުޅި ޕީއެންސީ ދަނީ ޕާޓީގެ މަތީ މަޖިލިހަށް ނުވަތަ ކޮންގްރެސްއަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށް އެ ޕާޓީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާޢު ކުރެއްވި ޕޯސްޓުގައި ވަނީ މެމްބަރުންގެ މަޖިލީހަށް ރައީސް ޑރ މުޢިއްޒު ރޭ ހުށައެޅުމެއް ހުށައެޅުއްވިކަން ހާމަކުރައްވާފައެވެ.
އެގޮތުން މެމްބަރުންގެ މަޖިލީހުގެ އިއްތިފާޤުން އެހުށައެޅުން ފާސްވި ކަމަށާއި ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ ކަމަށްވެސް ޝުޖާޢުގެ ޕޯސްޓުގައިވެއެވެ.
އަދި މުޅި ޕާޓީ ދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުންކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

"އެމްޑީޕީން އޮޅުވާލައިގެން ދައްކާ ވާހަކަތަކުގެ މައިގަނޑު ބޭނުމަކީ ވެރިކަން ހޯދުން"

ސިޔާސީ މަސްރަޙު ހަލަބޮލިކުރަން އުޅޭ ފަރާތްތަކަށް ފުރުޞަތު ނުދީ، މާޒީން ޢިބުރަތް ޙާޞިލުކުރަންޖެހޭ - ރައީސް

އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފެށޭނެ - ރައީސް




