.jpg&w=3840&q=75)
-
މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސްވެރިންނަށް މާލީގޮތުން ދިމާވާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 16 ރުފިޔާއަށްވުރެ ދަށްނުކޮށް މަސް ގަންނާނެކަމަށް ވެފައިވާ ވައުދާ އެއްގޮތަށް މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މާކެޓަށާއި ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން މަސް ގަންނަ އަގު މީގެ ކުރިންވެސް ބޮޑުކޮށްފައިވާނެ ކަމަށާއި، އެގޮތުން މީގެ ކުރިން 17 ރުފިޔާއަށްވެސް މަސް ގަނެފައިވާނެކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
އަގަށް ގެނައި ބަދަލުގެ މައިގަނޑު ސަބަބުތައް:
- މަސްވެރިކަން ދަށް ދުވަސްވަރެއްވުން: މަސްވެރިކަން މަދު ދުވަސްވަރެއްގައި މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވިޔަނުދީ ހިފެހެއްޓުން.
- ޕްރައިވެޓް ސެކްޓާއާ އެއްވަރުކުރުން: މި ބަދަލާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގާ އެއްވަރު ކުރެވިފައެވެ.
މިފްކޯއިން ބުނީ މިއަދު ގެނައި މި ބަދަލުގެ ސަބަބުން ކަނޑުބާނައިގެން އަންނަ މަސްވެރި އާއިލާތަކަށް ސީދާ ގޮތުން ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މިފްކޯއިން މަސް ގަންނަ އަގު ޕްރައިވެޓް ސެކްޓާއާ އެއްވަރުކޮށްފި: ކިލޯއެއް 18.50 ރުފިޔާއަށް!

މިފްކޯ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ - އަނަސް

މެއި މަހު މިފްކޯއިން މަސްވެރިންނަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި




