logoEN
WAMCO TOP 1
މިފްކޯ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ - އަނަސް

މިފްކޯ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ - އަނަސް

އަހުމަދު ޝުރާއު

logo

6/4/2026, 11:15:08 AM

# މިފްކޯ

-

ޒަމާނުއްސުރެ މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ސީއީއޯ އަނަސް މިހެން ވިދާޅުވީ ކުންފުނީގެ ސެންޓަރުތަކުގެ ހާލަތު ބެއްލެވުމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަނަސް ވިދާޅުވީ އޭނާގެ މައިގަނޑު ތަޞައްވުރަކީ މިފްކޯއަށް އިޞްލާޙީ ބަދަލުތަކެއް ގެނައުން ކަމަށެވެ. މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު، ކުންފުނި ހިންގުމުގެ ބޭނުންތެރި ބަދަލުތަކާއެކު ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ، އެކަން ކުރެވެން އޮތީ ކުންފުނީގެ އާމްދަނީ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ (ވެލިއު އެޑް ކުރާނެ) އިތުރު ގޮތްތަކެއް ހޯދަން،" އަނަސް ވިދާޅުވިއެވެ.

މި ގެނެވޭ ބަދަލުތަކުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ހުރިހާ މުވައްޒަފުންވެސް މަސައްކަތުގެ އަޚްލާޤު ހިފަހައްޓައި، އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ގާތުން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސީއީއޯ އަނަސް ގެންދަވަނީ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކަށް ދަތުރުކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ. މިގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހާލަތު ބައްލަވައި، ނިޒާމުތައް ރަނގަޅުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅުއްވަން ވަނީ ފަށްޓަވާފައެވެ.

ކޮމެންޓް
ފަހުގެ
HDC