.webp&w=3840&q=75)
ފުލުހުންގެ އިދާރާ
މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،492 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އެކި ގޮތްގޮތުން 5،226 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
އޭގެތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކްސިޑެންޓް މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ އެކްސިޑެންޓްގެ 1،380 މައްސަލަ އަދި މަސްތުވާތަކެތީގެ 867 މައްސަލަ އެވެ.
ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ މައްސަލަތަކާއި އަދަދުތައް:
- ތަކެތި ގެއްލިގެން 448 މައްސަލަ
- މާރާމާރީގެ 289 މައްސަލަ
- މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ
- ގެވެށި އަނިޔާގެ 154 މައްސަލަ
- ހިޔާނާތުގެ 116 މައްސަލަ
- ޖިންސީ ކުށްތަކުގެ 108 މައްސަލަ
- ފޭރުމުގެ 76 މައްސަލަ
- އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ
މި އަހަރުގެ އެންމެ ގިނައިން މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގަ އެވެ. އެއީ ޖެނުއަރީ މަހުގައި 1،108 މައްސަލަ އެވެ. އަދި ދެން އެންމެ ގިނައިން މޭ މަހުގައި 1،049 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
މިފަދަ ހުރިހާ މައްސަލަތައް މަދުކުރުމަށްޓާކައި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.






