logoEN
WAMCO TOP 1
ކޮޕް16 ސައިޑް އިވެންޓުގައި މިނިސްޓަރ ޢަލީ ޝަރީފް ރާއްޖޭގެ '30x30' ޕްލޭން ދުނިޔެއަށް ހިއްސާކުރައްވައިފި

ކޮޕް16 ސައިޑް އިވެންޓުގައި މިނިސްޓަރ ޢަލީ ޝަރީފް ރާއްޖޭގެ '30x30' ޕްލޭން ދުނިޔެއަށް ހިއްސާކުރައްވައިފި

އަހުމަދު ޝުރާއު

logo

6/5/2026, 11:13:09 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ކޮލަމްބިއާގައި މިހާރު ކުރިއަށްދާ އދ. ގެ ބަޔޯޑައިވަރސިޓީ ކޮންފަރެންސް (COP16) ގެ ހަވާސާގައި ބޭއްވުނު ޚާއްޞަ ސައިޑް އިވެންޓެއްގައި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

THE TRAVELLER AD

"ޓޫލްސް އެންޑް ސޮލިއުޝަންސް ފޯ އެލްޑީސީ އެންޑް ސިޑްސް ގަވަރމަންޓްސް ޓު ސަޕޯޓް ދެއަރ 30x30 ޖާރނީ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ "ހައި-އެމްބިޝަން ކޯލިޝަން ފޯ ނޭޗަރ އެންޑ ޕީޕަލް" އިން އިންތިޒާމުކުރި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވަނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ '30x30' ލަނޑުދަނޑި ހާސިލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. މިއީ ދެހާސް ތިރީސް ވަނަ އަހަރު އަންނަންވާއިރު ދުނިޔޭގެ ކަނޑާއި އެއްގަމުގެ ތިރީސް އިންސައްތަ ހިމާޔަތްކުރުމަށް ހިފާފައިވާ އަމާޒެކެވެ. މިގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި މެނޭޖްކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލެއްވިއެވެ.

އޭގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށާއި (ސިޑްސް) އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް (އެލްޑީސީ) މި ލަނޑުދަނޑި ހާސިލުކުރުމުގައި ކުރިމަތިވާ މާލީ އަދި ފަންނީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ހައްލުތަކާ ގުޅޭގޮތުންވެސް މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކޮށް، މި އަމާޒަށް ވާސިލުވުމަށްޓަކައި ބޭނުންވާ ފުރިހަމަ އެއްބާރުލުން ރާއްޖެފަދަ ނާޒުކު ޖަޒީރާ ގައުމުތަކަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC