logoEN
WAMCO TOP 1
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫއެންއީޕީގެ އެހީތެރިކަން މުހިންމު - މިނިސްޓަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫއެންއީޕީގެ އެހީތެރިކަން މުހިންމު - މިނިސްޓަރު

އަހުމަދު ޝުރާއު

logo

6/5/2026, 11:19:05 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އަށްވަނަ އެސެމްބްލީގެ ހަވާސާގައި، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފު، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ އެގްޒެކެޓިވް ޑައިރެކްޓަރ އިންގަރ އެންޑަރސަންއާ ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޔޫ.އެން.އީ.ޕީ އާ ދެމެދު މިހާރު ވެސް ކުރިއަށްދާ ތިމާވެށީގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މިނިސްޓަރ ޢަލީ ޝަރީފްގެ ވާހަކަފުޅުގައި، ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ޔޫ.އެން.އީ.ޕީއިން ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ އައު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ފަރާތުންވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ޖީ.އީ.އެފް އެސެމްބްލީ ދެހާސް ސައްބީސް އަކީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެންމެ މުހިންމު އެއް ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ފުރުސަތު ބޭނުންކޮށްގެން، ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ އެކި ޖަމްޢިއްޔާތަކާ ބައްދަލުކޮށް، ރާއްޖޭގެ ތިމާވެށީގެ ހާލަތު ދުނިޔެއަށް ހާމަކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ވަފުދުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC