logoEN
WAMCO TOP 1
ނޯތު ރީޖަން އާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި

ނޯތު ރީޖަން އާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި

# ފުލުހުން

ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފުލުހުން

ނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ދެ ރީޖަންގައި ވަކިވަކިން ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކަމަށެވެ.

undefinedނޯތު ޕޮލިސް ރީޖަންއާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފުލުހުން

ފުލުހުން ބުނީ މި ދެ ރަސްމިއްޔާތުގެ ތެރެއިން ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބ. މާޅޮހުގައި ކަމަށެވެ. އަދި ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އއ. ފެރިދޫގައި ކަމަށެވެ.

މި ދެ ރަސްމިއްޔާތުގައި ނޯތު ޕޮލިސް ރީޖަންގެ 33 ފުލުހަކާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ 13 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭ ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ކޮމެންޓް
ފަހުގެ
HDC